ހއ. އުތީމު ކައުންސިލްގެ މެމްބަރުންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ބައްދަލުކުރައްވައިފި އެވެ.
އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އުތީމުގައިހުރި ބަންޑާރަ މިސްކިތް މަރާމާތު ކުރުމާއި ގުޅޭގޮތުން ނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ޢަޒީޒް އިސްމާޢިލް ބައިވެރިވެ ވަޑައިގެންނެވި އެވެ.