ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމާ މެދު މަޝްވަރާ ކުރަމުން އަންނަކަމަށް މަޖިލީހުގެ ނައިބު ރައިސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮވިޑް ފެތުރުން އިތުރު ވުމުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާތީ މަޖިލީހުގެ ޖަލްސާތައްވެސް ތަޅުމުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އަންނަ ހަފްތާއިން ފެށިގެން ޖަލްސާތައް ތަޅުމުގައި ކުރިއަށްގެންދިއުމަށް ހެލްތް މިނިސްޓަރާ އެކު މަޝްވަރާ ކުރައްވަމުން އަންނަކަމަށްވެސް އީވާ ވިދާޅުވިއެވެ.