އުމުރުން ގާތްގަޑަކަށް 30 ހަކަށް އަހަރުގެ އަންހެނެކެވެ. މާ ގިނަ ދުވަހަކު ބަލިވެ ނޫޅެއެވެ. ކޮވިޑް-19 އަށް ފައްސިވެގެން އެނދުމަތި ކުރިއެވެ. އޭނާ ނޭވާލުމަށް އުނދަގޫ ވާތީއެވެ. ހަށިގަނޑަށް އޮކްސިޖަން ލިބޭވަރު ދަށީއެވެ. މި އަންހެން މިހާއަށް ދިނީ ސްޓެރޮއިޑް ބޭހެވެ. ނަމަވެސް ހާލު ރަނގަޅުވެ 9 ދުވަސް ފަހުން ގެއަށް ފޮނުވާލިއެވެ. އެހެނަސް އޭނާގެ ހަށިގަނޑުގެ ތެރޭގައި 7 މަސްދުވަހު ވައިރަސް އުޅުނެވެ. އެތައް ގިނަ ފަހަރަކު "މިއުޓޭޓް" ވިއެވެ. ވައިރަސް އެއް މިއުޓޭޓް ވުމަކީ އެ ވައިރަސް ޖެނެޓިކަލީ ބަދަލުވުމެވެ. ވައިރަސް މިއުޓޭޓް ވާއިރު ނުވަތަ އިތުރުވެގެން ދާއިރު ހަށިގަނޑުގެ ދިފާއީ ނިޒާމުން ވައިރަސް އަށް ހަމަލާ ދިނުމަށް ބޭނުންކުރާ އެންޓިޖެންސް އަށް ފަރިތަވެ ހަށިގަނޑާ ދެކޮޅަށް އެހެންގޮތަކަށް ހަމަލާ ދޭންފަށައެވެ. ހުރިހާ ވައްތަރެއްގެ ވައިރަހެއްވެސް އެހެން ދިރޭ ބާވަތެއްގެ ތެރޭގައި ދެމިހުންނަހާ ދުވަހަކު އިތުރުވެއެވެ. މި އިތުރުވުމަށް ކިޔަނީ މިއުޓޭޓް ވުމެވެ. މިގޮތަށް މިއުޓޭޓް ވާއިރު ވައިރަސް ޖެނެޓިކަލީ ބަދަލުވުމުން އައު ވޭރިއެންޓްއެއް އުފެދެއެވެ.
ސައުތު އެފްރިކާގެ ނެޝަނަލް އިންސްޓިޓިއުޓް ފޯރ ކޮމިއުނިކަބަލް ޑިސީސް ގެ ވައިރަސް އާއި ބެހޭ ތަޖުރިބާ ކާރެއްކަމަށްވާ ޕެނީ މޯރ ވިދާޅުވި ގޮތުގައި "އެއްވެސް ވައިރަސްއެއް މީހެއްގެ ހަށިގަޑުގައި ގިނަ ދުވަހު ހުރެއްޖެނަމަ ވޭރިއެންޓްސް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ. އެއީ އެމީހަގެ ހަށިގަނޑުގެ އެންޓިބޮޑީސް އާއި ހަނގުރާމަ ކުރުމުގެ ސަބަބުންނެވެ." މޯރ ވިދާޅުވާ ގޮތުގައި ވޭރިއަންޓްސް އުފެދުން ކޮންޓްރޯލް ކުރެވޭނީ ބަލިޖެހޭ ނިސްބަތް ދަށްކޮށްގެނެވެ. "މިހެންވެ ޕަބްލިކް ހެލްތު އޮފިޝަލުންނާއި ޑޮކްޓަރުން އެންމެންގެ ކިބައިން ވެކްސިންޖެހުމަށް އެދި ގޮވަނީ!"
ސީޑީސީ ގެ ތަރުޖަމާނު ޖޭޑް ފުލްޗޭ ހުކުރު ދުވަހު ސީއެންއެންގެ ރިޕޯޓަރުން ގާތުގައި ވިދާޅުވި ގޮތުގައި "ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގައި ހުއްދަދެވިފައިވާ ވެކްސިންތަކުން ގިނަ ވޭރިއަންޓް އިން ރައްކާތެރިކަން ލިބެއެވެ. ނަމަވެސް ބައެއް ވޭރިއަންޓްގެ ސަބަބުން ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ބަލި ޖައްސައެވެ. މި ފަދަ ކޭސްތަކަށް ކިޔަނީ ވެކްސިން ފޫ ދުއްވާލާ ކޭސްތަކެވެ."
އެންމެ ފުރަތަމަ ދެނެގަނެވުނު ވޭރިއަންޓް (D614G) ޖެހުނު މިހާ އަށް ފަރުވާ ދެމުންދަނިކޮށް 6 ވަނައަށް ވީ ދުވަހު އޭނާގެ ހަށިގަނޑުން އިތުރު ވޭރިއަންޓްއެއް (E484K) ފެނުނެވެ. މިވައްތަރުގެ ވޭރިއަންޓް އާއި ގުޅިގެން އެންމެ ކަންބޮޑުވާކަމަކީ އިންސާނާގެ ދިފާއިނިޒަމަށް ފިލައިގެން ހަށިގަނޑުގެތެރޭ އުޅުމުގެ ގާބިލްކަން މީގެތެރއިން ބައެއް ވައިރަސް ލިބިގަނެއެވެ. އަދި އެނާ ފައްސިވެފައި ހުންނަތާ 190 ވަނަ ދުވަހު D427Y އަދި N501Y ފެނުނެވެ. އަދި N501Y އަކި ވަރަސް ފަސޭހައިން ގައިންގަޔަށް އަރާ ވޭރިއަންޓްއަކަށް ވިއެވެ. އަދި މީގެ ތެރެއިން އެންމެ ކަންބޮޑުވާ ވައްތަރުގެ ވޭރިއަންޓަކީ އިންސާނާގެ ދިފާއީ ނިޒާމަށް ދެނެނުގަނެވޭ ވައްތަރުތަކެވެ.
މެމްސިސްގެ ސެއިންޓް ޖޫޑް ޗިލްޑްރަންސް ރިސާރޗް ހޮސްޕިޓަލް ގެ ގައިން ގަޔަށް އަރާބަލިތަކުގެ ތަޖުރިބާ ކާރެއްކަމަށްވާ ރިޗާރޑް ވެބީ ސީއެންއެން އަށް މައުލޫމާތު ދިން ގޮތުގައި "ވައިރަސް މިއުޓޭޓް ވަނީ މަޖަލަކަށް ނޫނެވެ. ނަމަވެސް ދިފާއީ ނިޒާމުން ދޭ ހަމަލާތަކުން ސަލަމަތް ވުމަށެވެ."
މޯރ ވިދާޅު ވިގޮތުގެ ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑް-19 އާއި ދެކޮޅަށް އުފައްދާފައިވާ ބައެއް ވެކްސިންގެ އަސަރު ވަރަށް ރަނގަޅެވެ. މިގޮތުން ފައިޒާރ އާއި ބައޮންޓެކް އުފައްދާފައިވާ ވެކްސިން އާއި މޮޑާރނާ ވެކްސިން އަދި ކޮންމެވެސް މިންވަރަކަށް ޖޯންސަން އެންޑް ޖޯންސަންއިން އުފައްދާފައިވެކްސިން ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ވަރަށް ކާމިޔަބެވެ. "މިވެކްސިންތަކުން ވަރަށް ގިނަ އަދަކަށް ބަލި ޖެހިފައި ހުންނަ މީހާގެ ހަށިގަނޑުގެ ތެރެއަށް އެންޓިބޮޑީސް ފޮނުވާލައެވެ. އަދި ފިލާ އޮންނަ ވައިރަސްއަކާއި ދިމަވިއަސް އެ ވޭރިއަންޓަކާއި ކުރިމަތިލުމުގެ ޤާބިލްކަން ހުރެއެވެ."
މިހެންކަމުން ސީޑީސީގެ ޑިރެކްޓަރުގެ ޑރ. ރޮޝޭލްގެ އެދުމަކީ ބަލިޖޭހޭ މީހުންގެ އަދަދު މަދުކޮށްދިނުމެވެ. ބަލި ޖެހޭ މީހުން މަދު ކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްގެނެވެ. ބަލި ޖެހޭ މީހުން މަދު ވެއްޖެނަމަ ވޭރިއެންޓް އުފެދުން މަދުވާނެއެވެ. ވީމާ، ހުރިހާ ބޭފުޅުންވެސް ވެކްސިން ފުރިހަމަ ކުރައްވާށެވެ. ސިއްޙީ ޚިދުމަތްތެރިންގެ ނަސޭހަތް އަޑު އަށްސަވާ ވެކްސިން ފުރިހަމަ ކުރައްވާށެވެ. އަދި ސަލާމަތާ ރައްކަތެރިކަމަށް ދެއްވާ އިރުޝާދުތައް ފުރިހަމަ ކުރައްވާށެވެ. މާތް ﷲ އަޅެމެން މި ނުރައްކާތެރި ބަލިމަޑުކަމުން އަވަހަށް މިންޖު ކުރައްވާށި! އާމީން!
މިހެން ކަންތައް ވާނަމަ ޕޮޒިޓިވްވާ މީހުންގެ ގައިން އާ ވޭރިއަންޓް އުފެދޭނެނޫނު. ދެން ރަށްރަށަށްދާން ހުއްދަ ދިނުން ރަނގަޅުތަ؟