އައްޑު ސިޓީން މިއަދު އެކަކު ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ނުވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

އައްޑޫ ކޮވިޑް ހާލަތަށް ބަލާއިރު ފާއިތުވި ދެ ދެދުވަހު ވެސް އެ ސިޓީން ޕޮޒިޓިވް ވެފައިވަނީ ދުވާލަކަށް މީހެކެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓަކާއި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

މިއަދު އައްޑޫއިން މީހަކު ޕޮޒިޓިވް ނުވާއިރު ބަލިން ފަސޭހަވެގެން 8 މީހަކު ވަނީ ދޫކޮށްލައިފައެވެ. އައްޑޫގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދު މިހާރުވަނީ 76 އަށް މަދުވެފައެވެ. އެއީ ހިތަދޫގައި ތިބި 70 މީހަކާއި މަރަދޫގައި ތިބި 6 މީހެކެވެ.

މިހާރު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 466 އަށް އަރައިފައެވެ. އޭގެތެރެއިން ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދަކީ 388 އެވެ.

އައްޑޫގެ އިތުރު ރަށެއްގައި އެކްޓިވް ކޭސް އެއް ނެތެވެ. މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 2 އެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު މިހާރުވަނީ 280 އަށް މަދުވެފައެވެ.