އައްޑު ސިޓީން މިއަދު ވެސް ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެފައި ނުވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

މިއަދަކީ އައްޑޫއިން ކޮވިޑް ކޭސް އެއްނުފެންނަތާ ވިދިވިދިގެން ދެވަނަ ދުވަހެވެ.

މިއަދު އައްޑޫއިން މީހަކު ޕޮޒިޓިވް ނުވާއިރު ބަލިން ފަސޭހަވެގެން 5 މީހަކު ވަނީ ދޫކޮށްލައިފައެވެ. އައްޑޫގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދު މިހާރުވަނީ 71 އަށް މަދުވެފައެވެ. އެއީ ހިތަދޫގައި ތިބި65 މީހަކާއި މަރަދޫގައި ތިބި 6 މީހެކެވެ.

މިހާރު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 466 އަށް އަރައިފައެވެ. އޭގެތެރެއިން ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދަކީ 393 އެވެ.

އައްޑޫގެ އިތުރު ރަށެއްގައި އަދި ރިސޯޓެއްގައި ވެސް އެކްޓިވް ކޭސް އެއް ނެތެވެ. މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 2 އެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު މިހާރުވަނީ 155 އަށް މަދުވެފައެވެ.