ބޭނުންވާ ތަކެތި

4 ޖޯޑު ހަނޑޫ

2 ގަނޑު ވަޅޯމަސް (ކުޑަކޮށް ހަރު)

2 ގިތެޔޮމިރުސް

2 ލުނުމެދު

2 ފިޔާ

2 ޖޯޑު ކާށި ކިރު

3 މޭޒުމަތީ ސަމުސާ ތެޔޮ

1 އިންޗި ރޯ އިނގުރު

ރަހަލާ ވަރަށް ލޮނު

ކުލަ ހިފާ ވަރަށް ރީނދޫ

2 ހިކަނދިފަތް

2 އިންޗީގެ 2 ބުރި ރާނބާފަތް

1 ހުތް އަނބު (ބޭނުންނަމަ)

2 މޭޒުމަތީ ސަމުސާ އަސޭމިރުސް ( ދެފަޅިވާވަރަށް މުގުރާލާފައި)

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ރަނގަޅަށް ދޮވުމަށްފަހު ތޮރުފިތައްޓަކަށް އަޅައި ފެން ހިއްކާލާށެވެ. އެއަށްފަހު ފިޔާ ކޮށާށެވެ. ލޮނުމެދުވެސް ކޮށާލާށެވެ. ދެން ތެއްޔެއް އުނދުންމައްޗަށް އުދުމަށްފަހު ތެޔޮއަޅާށެވެ. އެއަށްފަހު ފިޔަ އާއި ހިކަނދިފަތް އަޅާ ފިޔާ ރަތްކޮށްލާށެވެ. ފިޔާ މާބޮޑަށް ރަތް ނުވަނީސް ފެން ހިއްކި ހަނޑޫ އަޅާށެވެ. އެއަށް ފަހު ހަނޑޫގަނޑު ރަނގަޅަށް ހަނާކޮށްލާށެވެ. ރާނބާފަތްވެސް ލައިގެނެވެ. ހަނޑޫގަނޑު ހަނާވުމުން ލޮނުމެދުވެސް އަޅާށެވެ. ދެން މަހާއި މިރުސް ކޮށުމަށްފަހު އެއަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އަސޭމިރުސް އަޅާށެވެ. ދެން ކިރު 2 ޖޯޑު އެޅުމަށްފަހު ދިޔަވަރު ހެވަރުކޮށް ލޮނާއި ރީނދޫ އަޅާށެވެ. އަދި އިނުގުރު ކޮޅުގައި ޅިޔަ އަޅާލުމުމަށްފަހު އިނގުރު ކޮޅުވެސް ތެއްޔަށް ވައްޓާލާށެވެ. ބޭނުން ނަމަ، ހުތް އަނބެއް ތުނިކޮށް ކޮށާލާފައި އަޅާލާށެވެ. ރަހަ މީރު ވާނެއެވެ.

މަސްބަތް މީރުވާނީ ހަރުކޮށް ހުރުމުން ނެވެ. ނަމަވެސް ހަނޑޫގައި އާރު ނުހުންނަ ވަރަށެވެ.