މަހަށް ނިކުމެ އުޅުނު ފައިބަރު މަސްދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުގައި 25 މީހުންނާއިއެކު މަސްވެރިކަން ކުރަމުން ދިޔަ "މޯހިރާ" ނަމަކަށް ކިޔާ ފައިބަރު ދޯނި މޫސުން ގޯސްވެ ދޯނީގެ މެދުން ބިންދައިގެން ގޮސްގެން މިއަދު ހެނދުނު 07:11 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުގެ ސިފައިން މިހާރު ވަނީ ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ބިންދައިގެން ގޮސްފައިވަނީ ގއ. އެތެރެވެރީގައި އެންދެމުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ދޯނި ބިންދައިގެން ދިއުމާއި ގުޅިގެން ދޯންޏަށް އެހީތެރިވުމަށް އެހެން ދޯނި ފަހަރުތަކަށް ސަރަހައްދަށް ގޮސްފައިވާ އިރު މިހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.