ސްޕެއިންގެ ގައުމީ އެއަރލައިނުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ސްޕެއިންގެ "އައިބީރިއާ" އެއަރލައިންގެ ފުރަތަމަ ދަތުރުގައި މިަދު ރާއްޖެ އައިސްފައިވަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުން ފުރައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި ފްލައިޓުގައި 218 ދަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

އެއަރބަސް A330-300 އަދި A330-200 މަރުކާގެ އެއަރކްރާފްޓުގައި ރާއްޖެއަށް މި ފްލައިޓުން ދަތުރުތައް އޮގަސްޓް މަހުގެ ނިޔަލަށް ދަތުރު ކުރުމަށް ވަނީ ނިންމާފަ އެެވ. އަދި ކޮންމެ ހަފުތާއަކު ހަފްތާއަކު ހޯމަ, ބުދަ އަދި ހުކުރު ދުވަހު، ދަތުރު ކުރާނެ އެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ ކަމަށެވެ.

އައިބީރިއާ އެއަރ ލައިނުން ބުނީ ރާއްޖެއަކީ މި އަހަރުގެ ހޫނު މޫސުމުގައި އެ އެއަރލައިނަށް ލިބުނު ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ.

ރާއްޖެއަކީ އެ އެއަރލައިނުން ދަތުރުކުރާ އިންޑިއާ ކަނޑުގެ ފުރަތަމަ މަންޒިލެވެ. އަދި އެ އެއަރލައިނުގެ ތާރީޚުގައި ވެސް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.