ކޮވިޑް ޖެހިގެން ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 7:00 ގައި މަރުވެފައި ވަނީ، 67 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

މި މީހާއާއެކު ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 36 އަށް އަރައިފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ، 30 ދިވެހިންނާއި ހަ ބިދޭސީންނެވެ.