ބ. އޭދަފުށީގެ މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.

އޭދަފުށިން ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެރަށުގެ ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެރަށުގެ މޮނީޓަރިންގެ ހާލަތު މިއަދު އުވާލާފައިވާ ކަމަށެވެ.

އޭދަފުށިން ޖުމުލަ 315 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އެރަށުން ތިން މީހަކު ވަނީ ބަލީގައި މަރުވެފައެވެ.