އައްޑޫ ސިޓީ ހިތަދޫން މިއަދު 14 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި 12 މީހެއް ކަމަށެވެ.

މި 12 މީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީނާއި 12 ދިވެހީންނެވެ. ފުލޫކުލިނިކަށް ދެއްކި ދެ މީހުންނަކީ ދިވެހީންނެވެ. މި 12 މީހުން ވެސް ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ.

މި އަދަދާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 484 އެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 423 އެވެ. ބަލިން ރަނގަޅުވެގެން މިއަދު ދޫކޮށްފައިވަނީ 8 މީހުންނެވެ.

އައްޑޫއިން މިއަދު ޕޮޒިޓިވްވި 12 މީހުންނާއެކު އެކްޓިވް ކޭސްގެ ޖުމްލަ އަދަދު މިހާރުވަނީ 59 އަށް އަރައިފައެވެ. އެއީ ހިތަދޫގައި ތިބި 52 މީހަކާއި މަރަދޫގައި ތިބި 7 މީހެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.