އައްޑޫ ސިޓީން މިއަދު އިތުރު 8 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ޑައިރެކްޓް ކޮންޓެކްޓުން ކަމަށެވެ. މީގެ ތެރެއިން 7 މީހަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫންނެވެ. އަނެއް މީހާ ޕޮޒިޓިވްވީ މަރަދޫންނެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ އެއް ބިދޭސީއަކާއި 7 ދިވެހީންނެވެ.

މި އަދަދާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 492 އެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 427 އެވެ. ބަލިން ރަނގަޅުވެގެން މިއަދު ދޫކޮށްފައިވަނީ 4 މީހުންނެވެ.

އައްޑޫއިން މިއަދު ޕޮޒިޓިވްވި 8 މީހުންނާއެކު އެކްޓިވް ކޭސްގެ ޖުމްލަ އަދަދު މިހާރުވަނީ 63 އަށް އަރައިފައެވެ. އެއީ ހިތަދޫގައި ތިބި 55 މީހަކާއި މަރަދޫގައި ތިބި 8މީހެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.