ބޭނުންވާ ތަކެތި (މެރިނޭޓް ކުރުމަށް )

1 ކިލޯ ކުކުޅު (ކޮށާފައި)

½ މޭޒުމަތީ ސަމުސާ ރީނދޫ

1 މޭޒުމަތީ ސަމުސާ ފެނުގްރީކް ލީވް

1 މޭޒުމަތީ ސަމުސާ ދިރި (މުގުރާފައި)

1 މޭޒުމަތީ ސަމުސާ ކޮތަނބިރި ( މުގުރާފައި)

½ މޭޒުމަތީ ސަމުސާ ލޮނު ( ރަހަލާވަރަށް)

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

3 ގްރީން ޗިލީ ( ކޮށާފައި)

1 ޖޯޑު ފްރެޝް ކްރީމް

2 ޖޯޑު ޔޯގަޓް

2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ލީފް ( ކޮށާފައި)

ބޭނުންވާ ތަކެތި (ރިހަ ކެއްކުމަށް )

100 ގުރާމު ކަޖޫ ނަޓް

4 މޭޒުމަތީ ސަމުސާ ތެލުލި ފިޔާ

2 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު (ހިމުންކޮށްފައި/ޕޭސްޓް)

1 ޖޫޑު ފެން

½ ޖޫޑު ތެޔޮ

1 މޭޒުމަތީ ސަމުސާ ދިރި (ނުމުގުރާ )

1 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފައި)

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި ކުކުޅު ރަނގަޅަށް ސާފުކުރުމުށްފަހު ބޮޑު ތައްޓަކަށް އަޅާށެވެ. ދެން ފެނަގްރީކް ލީވް، ރީނދޫ، ލޮނު، ކޮނތަބިރި، ދިރި، ތޮޅިމިރުސް، މުގުރިމިރުސް، ޔޯގަޓް، ފުރެޝް، ކްރީމް ކޮރިއަންޑާ ލީވްސް އެޅުމަށްފަހު 1 ގަޑި އިރު ފްރިޖުގައި މެރިނޭޓްކުރަން ބަހައްޓާށެވެ. އެއަށްފަހު ކަޖޫނަޓާއި ތެއްލި ފިޔާ، އިނގުރު ލޮނުމެދު ފެން އަޅައިގެން މިކްސަރުގަ ޖައްސާ ހިމުންކޮށްލާށެވެ.

އެއަށްފަހު ތެއްޔަކަށް ތެޔޮ އަޅާ ތެޔޮ ފޮދު ހޫނުވުމުން ނުމުގުރާ ހުރި ދިރި އަޅާށެވެ. 2 މިނެޓެއްހާއިރުފަހުން ތައްޔާރުކުރި ކަޖޫޕޭސްޓް އަޅާށެވެ. ދެން 5 މިނެޓެއްހާއިރު ކައްކާލުމަށްފަހު މެރިނޭޓް ކުރި ކުކުޅު އަޅާށެވެ. ކުކުޅު އަޅައިގެން ވިއްސަކަށް މިނެޓް މަތިޖަހައިގެން ކައްކާށެވެ. އޮލަހެން ހީވާނަމަ ކުޑަ ފެންފޮދެއް އަޅާށެވެ. ދެން ލޮނު ހެވަރު ކުރުމަށްފަހު މުގުރި އަސޭމިރުސް ކޮޅު އަޅާށެވެ. އެއަށްފަހު އުނދުންމަތިން ބާލާށެވެ. ބޭނުންނަމަ މައްޗަށް ތޮޅި މިރުހާއި ކޮރިއަންޑާ ލީފް ކޮޅެއް އެޅިދާނެއެވެ.