ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 59 އަހަރުގެ އެ އަންހެން މީހާ މަރުވެފައި ވަނީ ރޭ ދަންވަރު 3:05 ގައި ށ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.

ރޭގެ އެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 214 އަށް އަރާފަ އެވެ. ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފައި މިވަނީ 10 ދުވަސް ފަހުންނެވެ. އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.