ފުވައްމުލަކު ސިޓީން އިއްޔެ އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ ފުވައްމުލަކުން ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި އަށް ބިދޭސީން ކަމަށެވެ.
އިއްޔެ ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ފުވައްމުލަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 41 އަށް އަރާފައެވެ.
ފުވައްމުލަކުގެ ކޭސްތަކުގެ އަދަދު މަތިވެފައިމިވަނީ ފާއިތުވި ދެ ތިން ދުވަހު ކޭސްތައް މަދު އަދަދަކަށް ފެންނަމުން ދަނިކޮށެވެ.