ޕާކިސްތާންގެ އުތުރު ވަޒީރިސްތާންގައި މީހުން މެރުމުގެ ކަންތައްތައް އާންމު ކަމަކަށް ވެފައިވާތީ އާންމުން އެކަމާ ކަންބޮޑުވުން ފާޅު ކުރެއެވެ. ވަޒިރިސްތާންގައި މި ދުވސްވަރު މިކަން ހިނގަމުން ދަނީ މިރަންޝާހް ނަމަކަށް ކިޔާ ސަރަހައްދެއްގައެވެ. އެންމެ ފަހުން އުމުރުން ދުވަސްވީ މިހަކުވެސް ވަނީ މަރައިލާފައެވެ. މި އުމުރުން ދުވަސްވީ މީހާ މަރާލާފައިވަނީ ބަޑި ޖަހައިގެންނެވެ. އޭނާ ދަތުރުކުރަމުން ދިޔަ އަމިއްލަ ވެހިކަލް ހުއްޓުވައި އޭނާގެ ގަޔަށް ބަޑި ޖެހީކަމަށް ފުލުހުން ބުނެއެވެ.

މިއީ މިހަފްތާގެ ތެރޭގައި އުތުރު ވަޒީރިސްތާންގައި މިގޮތަށް މީހަކު މެރި ދެވަނަ ފަހަރެވެ.

މީގެ ކުރިން މަރާލާފައި ވަނީ ގަބީލާތަކުގެ މީހުންގެ މެދުގައި ސުލްހައަށް މަސައްކަތް ކުރާ ކޮމިޓީއެއްގެ ލީޑަރެކެވެ.