ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ.

މި 11 މީހުން ވެސް ޕޮޒިިވް ވެފައިވަނީ މަރަދޫން ކަމަށް އޭއީއެޗު އިން ވިދާޅުވިއެވެ. އޭއީއެޗުން ވިދާޅުވީ މިއީ ޑައިރެެކްޓް ކޮންޓެކްޓްސްގެ ގޮތުގައި ތިބި ބައެއް ކަމަށެވެ. އިއްޔެެ ވެސް އައްޑޫއިން ވަނީ 11 މީހުން ޕޮޒިޓިވް ވެފައެވެ. އެއީ ހިތަދޫން 10 މީހުންނާއި މަރަދޫން މީހެކެވެ. އޭގެ ތެރޭގައި 3 ބިދޭސީން ވެސް ހިމެނެއެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 523 އަށް އަރައިފައެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 460 އަށް އަރައިފައެވެ. އައްޑޫގެ މިހާރުގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 61 އެވެ. އެއީ ހިތަދޫގައި ތިބި 46 މީހަކާއި މަރަދޫގައި ތިބި 15 މީހެކެވެ. މި ދެ ރަށް ފިޔަވައި އައްޑޫގެ އެހެން ރަށަކު ކޮވިޑް ކޭސް އެއް ނެތެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންގެެ އަަދަދަކީ 3 އެވެ.