އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އަނިޔާ ލިބުނު މީހާއަސް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހިތަދޫގައި ހިނގި މާރާމާރީގެ މައްސަލަ މިރޭ 12:30 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ މައްސަަަލައިގެ ތަހުގީގު ފަށާފައެވެ.