ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަައިވަނީ އެކަކު ކަމަށްް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ

ހޮސްޕިޓަލުން ވިދާޅުވީ އެމީހާ ޕޮޒިޓިވް ވެފައިވަނީ މަަރަދޫފޭދޫޫން ކަމަށެވެ. އެއީ ރެންޑަމް ސާމްޕަލެއް ކަމަށް ވެސް ވިދާޅުވިއެވެ. އައްޑޫއިން އިއްޔެެ ޕޮޒިޓިވްވެފައިވަނީ 11 މީހުންނެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 524 އަށް އަރައިފައެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 462 އަށް އަރައިފައެވެ. އައްޑޫގެ މިހާރުގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 60 އެވެ. އެއީ ހިތަދޫގައި ތިބި 44 މީހަކާއި މަރަދޫގައި ތިބި 15 މީހަކާއި މަރަދޫފޭދޫގައި އެކެެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ.