ރާއްޖެއިން ރެކޯޑު އަދަދަކަށް މިއަދު ސާމްޕަލް ނަގާފައިވާ އިރު، ޕޮޒިޓިވް ވީ 91 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވެފައިވަނީ މާލެއިން 23 މީހުންނާއި އަތޮޅުތަކުން 61 މީހުންނާއި ރިސޯޓުތަކުން 7 މީހުން ކަމަށެވެ.

ރާއްޖެއިން މިއަދު ނަގާފައިވަނީ 7،999 ސާމްޕަލެވެ.

15 މީހުން އެޑްމިޓްކޮށްގެން ފަރުވާ ދޭ އިރު، ރާއްޖެއިން މަރުވެފައިވަނީ 214 މީހުން ނެވެ.

މި ބަލީގައި 75،162 މީހުން ޕޮޒިޓިވް ވެފައިވާ އިރު، 72،439 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ޢަދަދަކީ 2.497 އެވެ.