ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން ކޮވިޑަށް ޓެސްޓްކުރި 143 ސާމްޕަލްގެ ތެރެެއިން 7 ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ މި 7 މީހުންގެ ތެރޭގައި 3 ރެންޑަމް ސާމްޕަލް ވެސް ހިމެނެެއެވެ. އެއީ މަރަދޫފޭދޫން ޕޮޒިޓިވްވި ސާމްޕަލަކާއި މަރަދޫއިން ޕޮޒިޓިވްވި 2 ސާމްޕަލެވެ. އޭގެ އިތުރުން މަރަދޫއިން ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން 2 މީހަކު ޕޮޒިޓިްވެފައެވެ. މަރަދޫފޭދޫއިން ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިމި މީހުންގެ ތެރެއިން މީހަކު ޕޮޒިޓިވްވެފައެވެ. ހިތަދޫ އިން ވެސް ވަނީ އެކަކު ޕޮޒިޓިވްވެފައެވެ. އެއީ ވެސް ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 531 އަށް އަރައިފައެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 463 އެވެ. އައްޑޫގެ މިހާރުގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 66 އެވެ. އެއީ ހިތަދޫގައި ތިބި 45 މީހަކާއި މަރަދޫގައި ތިބި 18 މީހަކާއި މަރަދޫފޭދޫގައި ތިބި 3 މީހެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 3 އެވެ.