ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ހަފީޒާ އަބްދުއްސައްތާރު ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ހުކުމް އިއްވުން ލަސްވާ ކަމަށް ބުނެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރެވެ.

ގާޒީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ އޭނާގެ މުވައްކިލުންގެ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑަށް ލަސްވަމުން ދާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މީގެ އިތުރުް އެތައް ފަަހަރަކު އެދުމުން ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހާފިޒާގެ މުވައްކިލުންގެ މައްސަލަތަކާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް ޖަވާބު ލިބުމުގައި ވެސްއެ ކަމަނާގެ ސެކްޝަނުން ލަސްވާކަމަށް ވެސް ވަކީލް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެޕްރީލް މަހުން ފެށިގެން ފޮނުވި އެއްވެސް ސިޓީއަކަށް އަދިވެސް ޖަވާބު ލިބިފައިވާ ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން އެ މައްސަލަ ބަލައި ގާޒީ ހާފިޒާއަށް ފިޔަވަޅު އަޅައިދިނުމަށް ވަކީލް ނާޒިމްވަނީ އެދިވަޑައިގެންފައެވެ.