އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮފީސް ފަޅާލައި ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ އެސްޑީއެފްސީ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:56 ގައި ކަމަށެވެ.

އެސްޑީއެފްސީ ފަޅާލައި ވައްކަން ކުރި ނަމަވެސް އެތަނުން ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ލިޔެކިޔުންތަކެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެކަމާއި ގުޅިގެން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ޒީނާދު އަހުމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު ތަފްސީލު ލިބޭގޮތް ނުވެފަ އެވެ. އެސްޑީއެފްސީ ފަޅާލައި ވައްކަން ކުރި ނަމަވެސް އަދި އެތަނުން ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ލިޔެކިޔުންތަކެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.