ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫ ސިޓީން ކޮވިޑް-9 އަށް ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ. އެއީ މަަރަދޫން ޕޮޒިޓިވްވި ޑައިރެކްޓް ކޭސް އެއް ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވިއެވެ. މި މިހާއާއެކު މަރަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 19 އަށް އަރައިފައެވެ.

މިހާތަނަށް އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 532 އެވެ. މީގެ ތެރެއިން ބަލި ފަސޭހަވި މީހުންގެ ޖުމްލައަކީ 463 އެވެ. އައްޑޫގެ މިހާރުގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 67 އެވެ. އެއީ ހިތަދޫގައި ތިބި 45 މީހަކާއި މަރަދޫގައި ތިބި 19 މީހަކާއި މަރަދޫފޭދޫގައި ތިބި 3 މީހެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫ އިން ވަނީ 2 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 3 އެވެ.