އެމްޑީޕީ ޕީޕީއެމް ކޯލިޝަނަކީ ރާއްޖެއަށް އަދި އެމްޑީޕީއަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވި ވިދާޅުވުން ރައީސް މުހައްމަދު ނަޝީދު ތަކުރާރު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް މެސެޖެއްގަ އެވެ. އެމަކިފާނު ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޕީޕީއެމް - އެމްޑީޕީ ކޯލިޝަން ބޭނުންވާ ވާހަކަ އޮޅުން އަރާތީ އެ ވާހަކަ ތަކުރާރު ކޮށްލައްވާ ކަމަށެވެ.

އެގޮތުން އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕީޕީއެމަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާ އައުޓްގެ ފަލްސަފާއާދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރެވޭ އަދި މިއުޒިކަށްވެސް އެއްބަސްވެވޭ ބަދަލުތަކަކެއް ޕީޕީއެމަށް އަންނަންޖެހޭކަމަށް އެ މެސެޖުގައިވެއެވެ.

އަދި އެ ހަމަތަކުގައި ސަރުކާރެއް ހިންގުމަށް ޕީޕީއެމަށް އެއްބަސްވެވޭ އެމްޑީޕީ ޕީޕީއެމް އިއްތިހާދެއް އުފެއްދުމަށް ރައީސް ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައެވެ.

މިފަހުންވެސް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބޭ "ޖަޒީރާ" ވަޓްސް އެޕް ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި މައްސަލައެއް ޖެހިގެން ނޫޅުއްވާ ކަމަށާއި އަދި ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނާއި މިހާރު ފިކުރީ ގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސޯލިހާއެކު އުޅުއްވާނެ ކަމަށެވެ.