ޕީޕީއެމް ޕީއެންސީއަށް ރަނގަޅު ގޮތް ނިންމާނީ އަމިއްލައަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އަދުރޭ އެފަދައިން ވިދާޅުވީ ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަނެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އެދެން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް ޕީއެންސީ އަށް އެންމެ ރަނގަޅުގޮތް ނިންމާނީ އެ ކޯލިޝަނުންކަމަށެވެ. އަދި އެ ކޯލިޝަން އަބަދުވެސް ކުރިއަށްދަނީ ރައީސް ޔާމީންގެ ލީޑަރޝިޕްގައި ކަމަށާއި، އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުން ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ރައިސް ނަޝީދު މިއަދު އެމްޑީޕީގެ ބައެއް މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާ އައުޓްގެ ފަލްސަފާއާދުރު، ނަފްރަތުގެ ބިލަށް ތާއީދުކުރެވޭ އަދި މިއުޒިކަށްވެސް އެއްބަސްވެވޭ ބަދަލުތަކަކެއް ޕީޕީއެމަށް އަންނަންޖެހޭކަމަށް އެ މެސެޖުގައިވެއެވެ.