ފާއިތުވި 24 ގަޑި އިރު އައްޑުސިޓީން ޕޮޒިޓިވް ވީ އެންމެ މީހެއް ކަމަށް ތަފާސް ހިސާބުން ދައްކައިފި އެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހުރި ދިވެއްސެއް ކަމަށެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ހިތަދޫގައި 44 ކޭސް ހުރި އިރު، މަރަދޫގައި 20 ކޭސް އަދި މަރަދޫފޭދޫގައި އެކްޓިވް ކޭސްގެ އަދަދަކީ ތިނެކެވެ.

މިއާއެކު އައްޑުސިޓީން 533 ކޭސް ފެނިފައިވާ އިރު، 464 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. އަދި މަރުވެފައިވަނީ 2 މީހުން ނެވެ.

އައްޑުސިޓީގައި ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދަކީ 67 އެވެ.