ގިނަ އަދަދެއްގެ އޫރުމަހާއި ބަނގުއާވި ކަސްޓަމްސް އިން ނައްތާލައިފި އެެވެ.

ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި މި ތަކެތި ނައްތާލާފައިވަނީ މި ތަކެތި ނައްތާލާފައިވަނީ 10 އަދި 13 ޖުލައި 2021 ދެދުވަހު އެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

ނައްތާލި ތަކެތީގެ ލިސްޓު:

  • 300 ކެގްސް ބަނގުއާވި (9000 ލީޓަރު)
  • 10،960 ދަޅު ބަނގުއާވި (4122 ލީޓަރު)
  • 458 ކޭސް އޫރުމަސް (6644.81 ކިލޯ ގްރާމް)