ބޭނުންވާ ތަކެތި (މެރިނޭޓް ކުރުމަށް)

500 ގުރާމު ކުކުޅުމަސް

1 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފައި )

2 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް

2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

1 މޭޒުމަތީ ސަމުސާ އިނގުރުލޮނުމެދު (ޗަސްކޮށްފައި)

ބޭނުންވާ ތަކެތި ( ކެއްކުމަށް )

2 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ބަޓަރ

2 ކާފޫރުތޮޅި

2 ކަރަންފޫ

10 ފުށް އަސޭމިރުސް

1 އިންޗި ފޮނިތޮށި

4 ތޮޅިމިރުސް

1 ލޮނުމެދު ( ކޮށާފައި )

1 އިންޗި ރޯ އިނގުރު (ގާނާފައި )

1 މޭޒުމަތީ ސަމުސާ ލުނބޯހުތް

½ ޖޯޑު ކޮރިއަންޑާ ލީފް

1 މޭޒުމަތީ ސަމުސާ ކޯން ފުލާ

1 ޖޯޑު ފެން

1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

ތައްޔާރުކުރުން

ކުލުޅު ބޮޑެތިކޮށް ކޮށުމަށްފަހު ޔޯގަޓް، އިނގުރު ލޮނުމެދު، މުގުރިއަސޭމިރުސް، ލުނބޯ ހުތް އަދި ލޮނު އެޅުމަށްފަހު ކުކުޅުތަކުގައި އުނގުޅާލާށެވެ. އެއަށްފަހު 30 މިނެޓު މެރިނޭޓް ކުރަން ބަހައްޓާށެވެ.

ދެން ތަވަޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމަތީ ބަހައްޓާ ހޫނުކޮށްލާށެވެ. ތެޔޮފޮދު ހޫނުވުމުން ބަޓަރު އަޅާށެވެ. އެއަށްފަހު އަސޭމިރުހާއި ފޮނިތޮށި ކާފޫރުތޮޅި އަދި ކަރަންފޫ އަޅާށެވެ. ދެމިނެޓެއްހާއިރު ދޭފަތުން ހަލާލުމަށްފަހު ތޮޅިމިރުސްކޮޅު ކޮށާފައި އަޅާށެވެ. އެއަށްފަހު ކޮށި ލޮނުމެދުކޮޅާއި ގޭނި އިނގުރުކޮޅުވެސް އަޅާށެވެ. ދެން މަޑުގިނީގައި ދެމިނެޓެއްހާއިރު ތެއްލާލާށެވެ. ދެން މެރިނޭޓު ކުރި ކުކުޅު އަޅާށެވެ. އެއަށްފަހު މަތިޖަހައިގެން ދިހަވަރަކަށް މިނެޓު ވަންދެން ރަނގަޅަށް ކައްކާލާށެވެ. ކުކުޅުތައް ރޯފިލުމުން 3 ތޮޅި މިރުސް ފަޅާލާފައި އެއާއި އެއްކޮށްލާށެވެ. ދެން 1 ސަމުސާ ކޯންފުލާ އާއި 1 ޖޯޑުފެން ތައްޓެއްގައި ގިރާލުމަށްފަހު ކުކުޅު މަސްގަނޑަށް އަޅާލާށެވެ. ދެން 1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް އަޅާށެވެ. އެއަށްފަހު ކޮރިއަންޑާ ލީފް ކޮޅު އަޅާލާށެވެ. ދެން މަތިޖަހައިގެން ދެ މިނެޓެއްހާއިރު ކައްކާލުމަށްފަހު އުނދުން މަތިން ބާލާށެވެ.

ލެމަން ޕެޕާ ޗިކަންއަކީ ހަވާދުގެ ބާވަތްތައް މަދު، ފަރާޓާ އަދި ރޮއްޓާއެކު ކެއުމަށް ވަރަށް މީރު ހިކި ރިހައެކެވެ.