ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މި މީހާ މަރުވެފައިވަނީ ރޭ ދަންވަރު 12:17 ގައި ކަމަށެވެ. އަދި އެއީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މިހާތަނަށް 216 މީހުން މިވަނީ މަރުވެފަ އެވެ.