މި އަހަރުގެ އަޟްހާ އީދު ދުވަހު މާލެ ސަރަހައްދުގައި ހިނގާފައި އުޅޭ ވަގުކޮޅެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

އެ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭ ގެ ހުރިހާ މަގެއްގައި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިއީ އީދު ދުވަހުގެ އުފާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ އެ ނިންމުމާ ގުޅޭގޮތުން ޓްރެފިކް ޕޮލިހާ ވެސް މަޝްވަރާކުރުމުގެ ކަންކަން މިހާރުކުރަމުން އަންނަ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް ނިންމި އިރު، އެހެން އަހަރުތަކުގައި ވެސް އަންނަނީ ޚާއްސަ ދުވަސްތަކާއި ދިމާކޮށް ފައިމަގުގައި އުޅޭ ވަގުތުކޮޅެއް ހަމަޖައްސަމުން ނެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.