ޖަޕާނުގެ ހިއުމަން ރިސޯސް ޑެވެލޮޕްމެންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދިނުމަށް ސޮއި ކޮށްފި އެވެ.

މިނިސްޓްރީ އޮފް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑާ ކެއިކޯ ޔަނައި އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް 110 މިލިއަން ޔެންގެ ގްރާންޓެއް ލިބޭނެ އެވެ. މިއީ ގާތްގަޑަކަށް 995،000 އެމެރިކާ ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާ އެވެ. މި ގްރާންޓްގެ ދަށުން 6 ފަރާތަކަށް ޖަޕާންގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މާސްޓަރސް ޑިގްރީ އާއި ހަމައަށް ކިޔެވުމަށް ސްކޮލަރޝިޕް ލިބޭނެ އެވެެ.

މި ޕްރޮޖެކްޓުގެ ދަށުން މިދިޔަ އަހަރު ރާއްޖޭގެ 24 ދަރިވަރަކަށް 19 މިލިއަން ރުފިޔާގެ ސްކޮލަރޝިޕްތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. މި ޕްރޮގްރާމް 2020 ގައި ވެސް ކުރިއަށް ގެންގޮސްްފައި ވެއެވެ.

1999 ވަނަ އަހަރުން ފެށިގެން ޖަޕާނު ސަރުކާރުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 15 ގައުމަކަށް ވަނީ ސްކޮލަރޝިޕް ދީފަ އެވެ.