އައްޑުސިޓީން ކޮވިޑް-19 ގެ އިތުރު 8 ކޭސް ފެނިއްޖެ އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފައިވަނީ މިއަދު ފެނިފައިވާ 8 ކޭސްއަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ފެނުނު ކޭސްތައް ކަމަށެވެ.

އެގޮތުން 6 ދިވެހީންނާއި 2 ބިދޭސީން މިއަދު ޕޮޒިޓިވް ވި ކަމަށް ވަނީ ބުނެފަ އެވެ.

އައްޑުސިޓީގެ އެކްޓިވް ކޭސްގެ ގޮތުގައި ހިތަދޫ އިން 45، މަރަދޫ އިން 26 އަދި މަރަދޫފޭދޫ އިން 3 ކޭސް ވަނީ ފާހަގަ ކުރެވިފަ އެވެ.

އެ ސިޓީ އިން މިހާތަނަށް 541 ކޭސް ފެނިފައިވާ އިރު، 465 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑު ބަލީގައި އެ ސިޓީން މަރުވެފައިވަނީ 2 މީހުން ނެވެ.