ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކަށް ޒިޔާރަތް ޒިޔާރަތްކުރައްވަފިއެވެ.

ރައީސް ސޯލިހް ތިން ރަށަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިހާރު ކުޅުދުއްފުށިސިޓީގައި ހުންނެވިއިރު، އެމަނިކުފާނު އަންނަަނީ އެސިޓީގެ އެކި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

އެގޮތުން މިއަދި ރައީސް ސޯލިހް ވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. ރައީސް ސޯލިހާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތް އަލީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.