ޗައިނާގެ ކުންފުންޏަކާއެކު މެލޭޝިއާގައި ހަދަން ނިންމާފައިވާ މެގަ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ނުގެންދާން މެލޭޝިއާއިން ނިންމައިފިއެވެ. ޗައިނާ ރެއިލްވޭ އިންޖިނިއަރިންގ ކުންފުންޏާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބަންދަރު މެލޭޝިއާ ޕްރޮޖެކްޓަކީ، 2.4 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ނުގެންދާން ނިންމީ ޝަތުރުތަކަށް އެއްބަސް ނުވެވޭތީ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ.