މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އިރުއޮއްސި ގާތްގަނޑަކަށް 18:30 ހާއިރު އެވެ. އަދި މި މާރާމާރީ ހިންގާފައިވާ ވަނީ މަޖީދީމަގު ޑިލައިޓް ފިހާރަ ކައިރީގަ އެވެ.

ފުލުހުން ބުނީ މި މާރާމާރީގެ މަޢުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

މާރާމާރީގައި ޒަޚަމްވި މީހާ ޕިކަޕަކަށް ލައިގެން މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.