ހުޅަނގު އެފްރިކާގެ އެންމެ ބޮޑު މިސްކިތް ގާނާގައި އިފްތިތާޙު ކޮށްފިއެވެ. މި މިސްކިތަކީ ފަސް ހާސް މީހުންނަށް އެއްފަރާ އެރޭ ވަރުގެ ތަނަވަސް މިސްކިތެކެވެ. ތުރުކީ ސަރުކާރާއި ރައްޔިތުންގެ ޚަރަދުގައި ބިނާ ކޮށްފައިވާ މިމިސްކިތް ފަރުމާކޮށްފައި ވަނީ ތުރުކީގެ އިސްތަމްބޫލްގެ ސުލްޠާން އަޙްމަދު މިސްކިތާ އެއް ޑިޒައިނަކަށެވެ.

މި މިސްކިތް އިފްތިތާޙު ކުރުމުގެ ޙަފްލާގައި ގާނާގެ ރައީސް ނާނާ އަކޫފޫ އަޑޯއާއި އޭނާގެ ނާއިބް ރައީސް މުޙައްމަދު ބާއޯމިއާއާއި ތުރުކީގެ ދީނީ ކަންތައްތަކާ ބެހޭ އިދާރާގެ ރައީސް ޢަލީ އަރްބާޝް ބައިވެރިވެ ވަޑައި ގަތެވެ.