ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ފައްޓަވާދެއްވައިފިއެވެ.
ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އަދި އެމްޓީސީސީގެ ސީއީއޯ އަލީ އާޒިމް ބައިވެރިވެވަޑައިގެންފައިވެއެވެ.