ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ނެގި 2425 ސާމްޕަލުން ޕޮޒިޓިވް ވީ 63 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވީ މާލެއިން 13 މީހުންނާއި އަތޮޅުތަކުން 28 މީހުން އަދި ރިސޯޓުތަކުން 22 މީހުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 75،879 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 73،226 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

12 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، ރާއްޖެއިން މަރުވެފައިވަނީ 216 މީހުން ނެވެ.