ގަވާއިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތްދެމުންދިޔަ އިތުރު ގެސްޓްހައުސެއްގެ ލައިސެންސް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ އެޗްޕީއޭ އާއި މިނިސްޓްރީން އެކުލަވާލި ގައިޑްލައިނާ ހިލާފުވި ގެސްޓް ހައުސެއްގެ ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ. އެއީ މާލޭ ސަރަހައްދުގައި ހިންގާ ގެސްޓް ހައުސްއެއް ކަމަށްވީ ނަމަވެސް އެތަނުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގަވާއިދާ ހިލާފުވެގެން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވެސް ވަނީ ތިން ގެސްޓްހައުސެއްގެ ހުއްދަ ބާތިލުކޮށްފައެވެ. އަދި އިތުރު ތިން ގެސްޓްހައުސް އަކަށް ވަނީ އިންޒާރު ވެސް ދީފައެވެ.