ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޕީސީއާރު މެޝިނެއް ބަހައްޓައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ރޯގާ ޖެހިފައިވޭތޯ ޓެސްޓް ހެދުމުގެ ކެޕޭސިޓީ އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި އިތުރުކުރުމަށް އަލަށް ބެހެއްޓި ޕޮއިންޓް އޮފް ކެއަރ – ރިއަލްޓައިމް ޕީ.ސީ.އާރް މެޝިން އިންސްޓޯލްކޮށް އެ މެޝިނުގެ ވެލިޑޭޝަން ހަދައި، ބޭނުން ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން މި މެޝިން ބޭނުންކޮށްގެން ދުވާލަކަށް 80 މީހުންގެ ޓެސްޓު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ފުވައްމުލަކުން މިހާތަނަށް ކޮވިޑަށް ޓެސްޓްކުރަމުން އައިސްފައިވަނީ ޖީން އެކްސްޕާޓް މެޝިނަކުންނެވެ.