ތަފާތު ގޮތަކަށް ޖައްމޫ ކަޝްމީރުގެ އިގްތިސާދަށް ދިރުން ގެނައުމަށް މަސައްކަތް ފަށައިފިއެވެ. ކަޝްމީރު ސަރުކާރުން ހިންގާ ޕްރޮގްރާމުތަކުގެ ތެރޭން އެއް ޕްރޮގްރާމަކީ، 400 އެއްހައި ޑެންޓިސްޓުންނަށް އެމީހުންގެ އަމިއްލަ ކްލިނިކްތައް ހުޅުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުވައި ދިނުމެވެ. އަދި އޭގެ އިތުރުން އަސާސީ ސިއްޙީ ފަރުވާގައި އުޅޭ މީހުންނަށްވެސް އެހީތެރިވެ ދިނުމަށް މާލީ އިނާޔަތްތައް ދިނުމަށްވެސް ނިންމާފައި ވެއެވެ.

މި ފަރާތްތަކުގެ އިތުރުން ފައި އިނދޭ ފުރައިން ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން ބޭނުން ކުރާ މޮޑެލްއަކީ، މުމްބާއީ ސްޓޮކް އެކްސްޗޭންޖާ ގުޅިގެން އެމީހުންނަށް ވަށާ ޖެހޭފަދަ ގޮތަށް ފައިސާ ގެންގުޅުމާއި ފައިސާގެ ކަންކަން މެނޭޖްކުރުމަށް ތަމްރީން ދެނީއެވެ. އެއަށްފަހު އެމީހުންނަށް ސަގާފީ ދާއިރާއިން ނުވަތަ ކުޅިވަރުގެ ދާއިރާ ފަދަ ދާއިރާއަކުން ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތުގައި ބައިވެރި ކުރަނީއެވެ.

މިކަން ކުރަނީ ޒުވާނުންގެ ކްލަބްތައް ބައިވެރިކޮށްގެންނެވެ. މި ސްކީމްގައި މިހާރުވެސް 25 ހާސް ޒުވާނުން ބައިވެރިވެފައިވާ ކަމަށްވެއެވެ.

މީގެ އިތުރުން ތަޢުލީމު ލިބިފައިވާ ޒުވާނުން ސަރުކާރުގެ ވަޒީފާއަށް ވެއްދުމަށްޓަކައި އިންޑިއާގެ އުނދަގޫ ސިވިލް ސާރވިސް އިމްތިހާނުން ފާސްވާން ބޭނުންވާ ހުނަރު އަށަގެންނެވުމަށް ޓިއުޝަން ދިނުމަށްވެސް މަސައްކަތްތަކެއް ފަށާފައި ވެއެވެ.

ކަޝްމީރު ސަރުކާރުން ބުނާ ގޮތުގައި މިމަސައްކަތް ފަށާފައި ވަނީ ޚިޔާލު ހޯދުމަށް ހުޅުވާލުމާއެކު ލިބުނު ހަ ހާހެއްހައި ޚިޔާލުތައް ތަންފީޒު ކުރުމުގެ ގޮތުންނެވެ.