ޕާކިސްތާން ފުލުހުންގެ ބަޔަކު ގަންޖާ އެތެރެކޮށް ކަރާޗީގައި ވިއްކަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ. ކަރާޗީގެ ކްލިފްޓަން އޭރިއާގައި ހައްޔަރުކޮށްފައިވާ ފުލުހުންގެ ހަ މީހުންނަކީ، ކަރާޗީގައި ވިއްކުމަށް ގަންޖާ ގެނެސްގެން އެމީހުންގެ ޕޮލިސް ވެހިކަލްގައި ބަހައްޓައިގެން އުޅުނު ބައެކެވެ.

މިމީހުން ހައްޔަރުކުރި ފުލުހުން ބުނާ ގޮތުގައި މިމީހުންގެ ތެރޭން ވެހިކަލްގެ ކުރީގައި ތިބި މީހުންނަކީ ކުލަ ހެދުމުގައި ތިބި ބައެކެވެ. އަދި ފަހަތުގައި ގަންޖާއަކު ތިބި މީހުން ތިބި ފުލުހުން ތިބީ ފުލުސް ޔުނިފޯމްގައެވެ.

މިމީހުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތަކީ ޕެކެޓްކޮށް ތައްޔާރުކޮށްފައިވާ 76 ކިލޯ ގަންޖާ ވިއްކަން މަސައްކަތް ކުރި ކަމަށެވެ.