ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ސޯލިހްގެ އަރުގައި އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ލަންކާއަށް ފުރާވަޑައިގެންފައިވާކަމަށެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ޖުލައި 23 ވަނަ ދުވަހުއެވެ.