މިއަދު އެއް ލައްކަ މީހުން އަލްއަޤްޞާ މިސްކިތުގައި އީދު ނަމާދުގައި ބައިވެރިވިއެވެ.
އިސްލާމީ އުންމަތުގެ ގިނަ ގައުމުތައް މިއަދު އީދު ފާހަގަ ކުރިއިރު ކޮމޯރޯސްއާއި މޮރިޓޭނިއާއާއި މަޣްރިބްގައި އީދު ފާހަގަ ކުރާނީ އަހަރަމެންގެ ވަޅު އީދު ދުވަހުއެވެ.
އިންޑިއާއާއި ސްރީލަންކާއިންވެސް އީދު ފާހަގަ ކުރާނީ އަހަރަމެންގެ ވަޅު އީދު ދުވަހުއެވެ.
އެންމެ ބޮޑު އިސްލާމީ ގައުމު، އިންޑޮނޭޝިއާގައި އީދު ފާހަގަ ކުރީ މިއަދުއެވެ.