އިރާގްގައި ރައްޔިތުން މިއަދު އީދު ފާހަގަ ކޮށްފައި މާޔޫސީއާއި ރުޅިވެރި ކަމާއެކުގައެވެ. އިރާގަށް ދަނީ މުސީބާތަކަށް ފަހު މުސީބާތެއް ލައިގަންނަމުންނެވެ. ސިޔާސީ ކާރިސާތަކާއި އިގްތިސާދީ ކާރިސާތައް ދަނީ ފުލުފުލުގައި އަންނަމުންނެވެ. ކޮރޯނާގެ ބަވާވެސް ފެތުރެމުންދާ އިރު ސިއްޙީ ނިޒާމު ވަނީ ބޮއްސުންލާފައެވެ. ގައުމުގައި އެންމެ އާންމުކޮށް މުއާމަލާތު ކުރެވެނީ ކޮޕަރްޝަންގައެވެ.

ދޭތެރޭން ކަރަންޓް ކަނޑައިގެން ދަނީއެވެ. ކަރަންޓް ގަންނަނީ އީރާނުންނެނެވެ. އީރާނުން އެންމެ ފަހުން ފޮނުވި ކަރަންޓް ބިލަށް އަދި ފައިސާ ދައްކާފައެއް ނުވެއެވެ. ސާފު ބޯފެނެއް ނުލިބެއެވެ. ހޫނު މޫސުމުގެ ސަބަބުން ކޯރުތަކުގައި ފެންގަނޑު ވަނީ ހިނދިފައެވެ.

އިރާގްގެ ފައިސާގެ އަގު ވެއްޓިގެން ދިއުމުގެ ސަބަބުން ތަކެތީގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.