މަސްތުވާތަކެތި ބޭރު ކުރާ ގައުމަކަށް ސޫރިޔާ ބަދަލުވެއްޖެކަމަށް އިނގިރޭސިވިލާތުގެ އިކޮނިމިސްޓުން ބުނެއެވެ. ސޫރިޔާއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ޒައިތޫނި ތެލެވެ. ދެވަނައަށް މަސްތުވާ ތަކެއްޗެވެ. ސޫރިޔާގައި އުފައްދާ މަސްތުވާ ބާވަތަކީ ކެޕްޓަގަން މަސްތުވާ ގުޅަ ބޭހެވެ. މިއީ ގަލްފްގެ އަރަބި ގައުމުތަކުގައި ނުހަނު ބޮޑު އަގުގައި ވިއްކާލެވޭ އެއްޗެކެވެ.

އިކޮނޮމިސްޓުން ބުނާ ގޮތުގައި މީގެ ގުޅައެއް ސައޫދީ އަރަބިއްޔާގައި ގަންނަން ލިބެނީ 25 ޑޮލަރަށެވެ. ސައުދީގައި މިގުޅައަށް ކިޔަނީ އަބޫހިލާލައިން އެވެ. މާނައަކީ ދެ ހަނދުފަޅީގެ ބަފާއެވެ. އެ ނަން ނިސްބަތްކޮށްފައި ވަނީ ކެޕްޓަގަންގެ ނަން ދެ ސީ ބޭނުން ކޮށްގެން އަޅާފައި ވުމުންނެވެ.

އިކޮނިމިސްޓްގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ހިސާބުހިސާބުން ސޫރިޔާގައި އުފައްދާފައިވާ މަސްތުވާތަކެތި ހިފަހައްޓާފައި ވެއެވެ، މިހުރިހައި އެއްޗެއްގެ ޖުމުލަ 4.3 ބިލިއަން ޑޮލަރަށް އަރައެވެ. ކެޕްޓަގަން އަކީ ސޫރިޔާ ސަރުކާރަށް ބޭރު ފައިސާ ލިއްބައިދޭ މައި ވަސީލަތެކެވެ. ސުރިޔާއިން މިތަކެތި ބޭރު ކުރަނީ މޭވާ ފޮށިގަނޑުތަކުގައެވެ.