ޓެރަރިސްޓް ތާލިބާނުން އީދު ފާހަގަ ކުރީ ރޮކެޓް ހަމަލާތަކުންނެވެ. އަފްޣާނިސްތާންގައި އީދު ނަމާދު ކުރަމުން ދިޔަ ވަގުތާއި އަފްޣާން ރައީސް އަޝްރަފް އަބްދުލް ޣަނީ ގައުމާ މުޚާތަބު ކުރައްވަނިކޮށް ތާލިބާނުން ރިއާސީ ގަނޑުވަރަށް ރޮކެޓް ހަމަލާތައް އަމާޒުކޮށްފިއެވެ. ގާތްގަނޑަކަށް ހަ ހަމަލަ ދިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައެވެ.

ރަޝިޔާއިން އިން ބުނަނީ ތާލިބާނުން ތިބީ ހަނގުރާމަކޮށް ވަރުބަލިވެފައި ކަމަށެވެ. އަދި އެސޮރުމެން ބޭނުންވަނީ ސުލްޙަ ކަމަށް ރަޝިޔާއިން ބުނެއެވެ.

ތާލިބާނުން ރޮކެޓް ހަމަލަ ދިން ސަރަހައްދަކީ ގިނަ އެމްބަސީތައްވެސް ހުންނަ ސަރަހައްދެކެވެ. މީގެ ކުރިން ޓެރަރިސްޓު ޖަމާއަތުން ބުނެފައި ވަނީ، އެމީހުން ބޭރުގެ އެމްބަސީތަކަށް ހަމަލަ ނުދޭނެ ކަމަށެވެ.