"ޖަޕާނާ ދެކޮޅަށް އަހަރަމެން އެންމެ ފުރަތަމަ ބޭނުން ކުރާނީ ނިއުކްލިއަރ ބޮންތައް. އަހަރަމެން މެދު ނުކެނޑި ނިއުކްލިއަރ ބޮންތައް ބޭނުން ކުރާނަން. ދެވަނަ ފަހަރަށް ޖަޕާނުން އެއްވެސް ޝަރުތަކާ ނުލައި އަމާން ދެންދެން އަހަރަމެން އެހެން ހަދަމުން ދާނަން." މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޓީވީ ޗެނަލަކުން ޖަޕާނަށް ބިރުދައްކަމުން ދުރަށް ފޮނުވި މެސެޖެވެ.
"އަހަރަމެން ޓައިވާން މިނިވަން ކޮށްލާއިރު، ނިކަން ކެރެންޏާ ޖަޕާނުން ބާރުގެ ބޭނުން ކުރަންވީ. ޖަޕާނުން އެންމެ ސިފައިންގެ މީހަކުވެސް ނެރެފިނަމަ، އަދި އެންމެ ހަނގުރާމަ މަތީ މަތިންދާބޯޓެއް ނުވަތަ އެންމެ މަނަވަރެއްވެސް ފޮނުވައިފިނަމަ، އަހަރަމެން ބޮޑު ހަނގުރާމައެއް ފަށާނަން." ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ޗެނަލުން ބުންޏެވެ.
ޖަޕާނުން ޓައިވާނަށް ވެކްސިން ފޮނުވައި ޓައިވާނަށް އެހީވާން ބުނުމުން ޓޯކިޔޯއާއި ބެއިޖިންގއާ ދެމެދު ބަހުގެ ހަމަލަތައް ހޫނުވެފައި ވެއެވެ.
ޖަޕާނުގެ ބޮޑު ވަޒީރުގެ ނާއިބް ޓާރޯ އާސޯ ވިދާޅުވީ، "އަހަރަމެން ޓައިވާން ދިފާއުކުރާނީ އެމެރިކާއާއި އަހަރަމެންނާ ދެމެދު ހަދާފައިވާ އިއްތިޙާދުގެ ތެރޭން" ކަމަށެވެ.
ޖަޕާޏުގެ ދިފާއީ ވަޒީރު ޔަޝުހިޑޭ ނަކަޔާމާ ވިދާޅުވީ، ޑިމޮކްޓެޜިކް ގައުމެއްގެ ހައިސިއްޔަތުން އެމެރިކާއާއި ޖަޕާނުން ޓައިވާން ޙިމާޔަތް ކުރާން މަސައްކަތް ކުރާނެ ކަމަށެވެ. މި ވާހަކަތަކުން ބެއިޖިންގގެ މޭކަރައިފިއެވެ.
"ޓައިވާންގެ މައްސަލައިގެ ތެރެއަށް އެއްވެސް ފަރާތަކުން ވަނުމަށް އަހަރަމެން ހުއްދައެއް ނުދޭނެނަން" ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ޒާއޯ ލީޖިއާން ވިދާޅުވިއެވެ.
ކޮމިއުނިސްޓް ޕާޓީގެ ޓީވީ ޗެނަލުން ވަނީ ޖަޕާނަށް ވަރުގަދައަށް ރުޅިބާލާފައެވެ. އެޗެނަލުން ޗައިނާއަށް ގޮވާލީ، ފުރަތަމައަށް ނިއުކްލިއަރ ބޭނުން ނުކުރާން ނިންމާފައިވާ ސިޔާސަތު ދޫކޮށްލުމަށެވެ. އަދި ބުންޏެވެ. "1964 ގައި އަހަރަމެން ފުރތަމަ ނިއުކްލިއަރ ބޮން ޓެސްޓް ކުރި އިރު އަހަރަމެން ދުނިޔެއަށް ޔަގީންކަން ދިނީ އަހަރަމެން އިސްވެ ހަމަލައެއް ނުދޭނެ ކަމަށެވެ. މިހާރު 60 އަހަރު ވީއިރު ހާލަތު މިއޮތީ ބަދަލު ވެފައެވެ. ކަންކަން ބަދަލު ކުރުމަށް އެޗެނަލުން ގޮވާލިއެވެ.
މުޙައްލިލުން އޮސްޓްރޭލިއާގައި ޗައިނާގެ ބިރު ދެއްކުމަށް ކޮމެންޓް ކުރަމުން ބުނެފައިވަނީ ޗައިނާގެ ހިމަ ނާރުގައި ޖަޕާނަށް ރަނގަޅަށް ކޮށްޓާލެވިއްޖެ ކަމަށެވެ. މި ޓީވީ ޗެނަލުން މިވާހަކަތައް ގެނެސްދީފައި ވާނީ އެއް ދުވަހަކުންނެއް ނޫނެވެ.
އާދިއްތަ ދުވަހު ފުރަތަމަ ގެނެސްދީފައި ވަނީ ފަސް މިނެޓްގެ ތަންކޮޅެކެވެ. އޭގެ އެއް ދުވަސްފަހުން އެއަށް ވުރެން ދިގުކޮށް މި ވާހަކަ ގެނަސްދިނެވެ. ބުދަ ދުވަހާ ހަމައަށް ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ބޮޑުން މިވާހަކަ މީސްމީޑިއާގައި ފަތުރައި ހެދުމުން އެތައް މިލިއަން މީހުންނަށް މި ކްލިޕް ފެނުނެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް މިވާހަކަ އައުމުން ފަހުން ޑިލީޓް ކޮށްފިއެވެ.
މިއީ ޗައިނާއިން ކުޅޭ ވީޑއޯ ޕްރޮޕެގެންޑާގެ ބައެކެވެ. މިދިޔަ އަހަރުވެސް ހޮލީވުޑްގެ ފިލްމުތަކުން ތަންތަން ކޮޅު ނަގައިގެން ޗައިނާ ކޮމިއުނިސްޓް ޕާޓީން ވީޑިއޯއެއް ހެއްޖެވެ. ހިޓްވުމަށްފަހު މީހުން ފޭކް އެއްޗެކޭ ކިޔައި ހަޅޭއްލަވަން ފެށުމުން ޑިލީޓް ކޮށްލީއެވެ.
ޖަޕާނުގެ ޑެޕިއުޓީ ޕްރައިމިނިސްޓަރ އާސޯ ވިދާޅުވީ ޗައިނާއިން ޓައިވާން ހިފައިފިނަމަ ދެން ހިފާނީ ޖަޕާނުގެ އޮކިނަވާއެވެ. އެހެންވެ، ޗައިނާއަށް އެހެން ހެދިޔަ ނުދޭނެ ކަމަށެވެ.
ޗައިނާ ވީޑއޯގައި ބުނެފައި ވަނީ ޖަޕާނަށް ބޮން އަޅައި ޖަޕާނު ހިފުމަށްފަހު ތިން ބަޔަކަށް ޖަޕާނު ބަހާލާނީ ކަމަށެވެ. އެއް ބައި ޗައިނާއަށް ބާއްވާފައި އަނެއްބައި ރަޝިޔާއަށް ދީފައި އަނެއް ބައި ބައިނަލްއަގްވާމީ ބާރާ ހަވާލާ ކުރާނީ ކަމަށެވެ.
ޗައިނާގެ ގްލޯބަލްޓައިމްސްގެ އެޑިޓަރވެސް ވިދާޅުވެފައި ވަނީ ޓައިވާން ކަނޑު އޮޅީގައި ހަނގުރާމައެއް ފެށިއްޖެނަމަ، ޖަޕާނަށް އެންމެ ރަނގަޅުވާނީ ދުރުގައި ހުރުމަށެވެ.