އައްޑުސިޓީ އިން 4 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑޫ އީކުއުޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ޕޮޒިޓިވް ވީ ޑޮކްޓަރަށް ދެއްކި 4 ދިވެހީން ކަމަށެވެ.

އެ ސިޓީގެ އަވަށްތަކުގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު ހުރީ ހިތަދޫގައި 22 ކޭސް، މަރަދޫގައި 35 ކޭސް އަދި މަރަދޫފޭދޫގައި 4 ކޭސް އެވެ. ކޮވިޑު ބަލީގައި އެ ސިޓ އިން މިހާތަނަށް މަރުވެފައިވަނީ 2 މީހުން ނެވެ.

ޖުމްލަ 553 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، އައްޑުސިޓީ އިން 490 މީހުން ވަނީ ރަނގަޅުވެފަ އެވެ.